މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'މާލޭ އިންޑަސްޓްރިއަލް ވިލެޖް' ގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ވަށައިފާރު ރޭނުމާބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މާލެސިޓީގެ ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް 'މާލޭ އިންޑަސްޓްރިއަލް ވިލެޖް' އިން ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގެ ވަށައިފާރު ރޭނުމާއި ދަގަނޑު ގޭޓުލުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)438-PPS/1/2016/131 (01 އޮގަސްޓު 2016) އިޢުލާނުގެ ބީ.އޯ.ކިއު. އަށް ގެނެވުނު ބަދަލަކާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެވެ.

މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު 'މާލޭ އިންޑަސްޓްރިއަލް ވިލެޖް' ގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ވަށައިފާރު ރޭނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-PPS/1/2016/145 މިހެން ސިޓީއުރައިގެ ބޭރުގައި ޖެއްސެވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392،

ދިވެހިރާއްޖެ.

ހުށަހަޅަންވީ ތަކެތި

މި މަސައްކަތާ ގުޅިގެން ހުށަހަޅާ ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި މި މަޝްރޫއުގެ ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސް ލިއުމެއް މަދުނަމަ އެ ޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.

  • އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.

  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކި ވަކި ބައިތަކުގެ އަގު ވަކިން އެނގޭގޮތަށެވެ.

  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.

  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.

  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.

  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެ ފަރާތެއްގެ ތަޖްރިބާ.

  • މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ (މަސައްކަތުގެ ތަޖްރިބާގެ ގޮތުގައި ބެލެވޭނީ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތައް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.)

  • މީގެ އިތުރުން ޓީ.އޯ.އާރ ގައި ބިޑާއެކު ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިޔުންތަކާއި ޑޮކިއުމަންޓްތައް. (ޓީ.އޯ.އާރ ބެލުމަށް)

  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސްލިއުމެއް މަދުނަމަ އެޕްރޮޕޯސަލެއް ބާޠިލުކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ އިޢުލާންގެ ތާރީޚުން ފެށިގެން 2016 އޮގަސްޓު 17 އާ ހަމައަށް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ބަންދުވާނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު 2016 އޮގަސްޓު 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
11 އޮގަސްޓް 2016
ހޯދާ