މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 3 މީޓިންގ ރޫމާއި 1 ކޮޓަރީގައި ޓައިލްސް ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 3 މީޓިންގ ރޫމާއި 1 ކޮޓަރީގައި ޓައިލްސް ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެދަށުން 11 ފެބުރުވަރީ 2009 ގައި ޝާއިޢުކޮށްފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރ 2010 ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.

  2. ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

  3. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މައުލޫމާތު ޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް (www.environment.gov.mv) އިން  ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓްއަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.

  4.  ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

  5. ބަންދުކޮށްފައިވާ ބީލަންތައް 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މި ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަންހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ.

11 އޮގަސްޓް 2016
ހޯދާ