ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތަކާއި 2 ޗިލްކޮންޓެއިނަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ވިލުފުށީގެ ބަނދަރުގެ އުތުރުން 6000 އަކަފޫޓުގެ ގޯއްޗެއްގައި ހަދާފައިހުރި އިމާރާތަކާއި 2 ޗިލްކޮންޓެއިނަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ (IUL)383/383/2016/66 (27 ޖޫން 2016) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ. ތ. އަތޮޅުގެ ވިލުފުށި ހިމެނޭ ސަރަހައްދަކީ ކަނޑުމަހުގެ މަސްވެރިކަން ރަނގަޅު ސަރަހައްދަކަށް ވެފައި، އިމާރާތަކީ މަސް އައިސް ކުރުމަށާއި، އައިސް ކުރި މަހުގެ ކަލެކްޝަން ޕޮއިންޓެއް ހެދުމަށް އެކަށީގެންވާ އިމާރާތެއް ކަމުގައި ފާހަގަކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 10:00ގައި މިއިދާރާގެ ކޮންފަރެންސްރޫމުގައި އޮންނާނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:30ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 9919166 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016
ހޯދާ