މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްއަށް ދެބުރިއަށް ވަގުތީ ޢިމާރާތެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސަރވިސްއަށް ދެބުރިއަށް ވަގުތީ ޢިމާރަތެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް:

މި ސަރވިސްއިން ދެ ބުރިއަށް ވަގުތީ ޢިމާރަތެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)167-PR/1/2016/42 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައި ވަނީ ދެ ފަރާތަކުން ކަމުގައިވާތީ މި ސަރވިސްއިން ދެބުރިއަށް ވަގުތީ ޢިމާރަތެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

18 އޮގަސްޓު 2016

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހެޅުން

  25 އޮގަސްޓު 2016 

ބުރާސްފަތި

14:00

06 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ