އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

މި ޞިއްޙީމަރުކަޒުގައިި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01 (އެކެއްް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

އދ. އަތޮޅު ހޮސްޕިޓަލް / އދ. މަހިބަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ހޮސްޕިޓަލްގެ ޢިމާރާތްތަކުގެ އެތެރެއާއި، ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުނި އުކުމާއި،

2- ހޮސްޕިޓަލުން އެކިފަރާތްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުމާއި، ކިޔަންޖެހޭ ލިސްޓުތަކަށް ކިޔުމާއި، ޢާންމުކުރަންޖެހޭ އެންގުންތައް، އެތަކެތި ހިއްޕަންޖެހޭ ތަންތަނުގައި ހިއްޕުން.

3- ބަނދަރުން ގެންނަންޖެހޭ ތަކެތި ގެނައުމާއި، ބަނދަރަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.

4- ހޮސްޕިޓަލުގައި ހައްދާފައިވާ ގަސްތައް ބެލެހެއްޓުމާއި، ގަސް އިންދައި ހެއްދުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިނާޔަތްތައް

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޞިއްޙީމަރުކަޒުގެެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ)  

ސުންގަޑި

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާގުޅޭ ލިޔުންތައް އދ.އަތޮޅު ހޮސްޕިޓަލް ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6680870 އެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ