ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއިން އަލްޓްރާސޯނިކް ބާރޑް ރިޕެލާރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)30-C/30/2016/65 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ ސްޕެސިފިކޭޝަންތަކުގައި ބޮޑެތި ތަފާތުތަކެއް ހުރުމާ ގުޅިގެން މި އިޢުލާން ބާޠިލުކޮށް އަލުން މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލެމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި އޮފީހަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
2016 އޮގަސްޓު 22 ހޯމަ ދުވަހުގެ 11:00 އަށް |
2016 އޮގަސްޓު 16 ވާ ބުދަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.