ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަން އޭރިޔާގައި ކައުންޓަރެއް ޖަހައި ހަރުކޮށް، ބައެއް މަރާމާތުކުރުން

ހއ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަން އޭރިޔާގައި ކައުންޓަރެއް ޖަހައި، ހަރުކޮށް، ބައެއް މަރާމާތުކުރުން:

ހއ. އަތޮޅު ހޮސްޕިޓަލުން ދޭ ކުރެހުމާ އެއްގޮތަށް ކައުންޓަރެއް ޖަހައި، ހަރުކޮށް، އަދި ރިސެޕްޝަން އޭރިޔާ ވަކިކުރުމަށްޓަކައި ޕާޓިޝަނެއް ޖަހައި، އަދި އެތަނުގައި ހުރި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ހޮސްޕިޓަލުގެ ނަންބަރު HAAH-A(IUL)/2016/05 (27 ޖޫން 2016) ގެ އިޢުލާނަށް ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ