ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ގަތުމަށް

އިޢުލާން

އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ހޯދުމާ ގުޅޭ:

މި ކައުންސިލަށް އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ގަންނަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 22 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުމަށް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުން މަޢުލޫމާތު ސާފުކުރާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއަކާއި މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ނަންބަރު 6780701 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016
ހޯދާ