ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
އެއަރކޯން ގަތުމަށް

އިޢުލާން

އެއަރކޯން ގަތުމަށް ބޭނުންވެއްޖެ:

މި ސްކޫލަށް 12 އެއަރކޯން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ނަންބަރު:(IUL)GS-59-B/PRIV/2016/20 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ތަކެތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ، ނަންބަރު: 6540540 / 7782218 ފޯނަށް ގުޅުއްވުން އެދެމެވެ.

6 ޛުލްޤަޢިދާ 1437

09 އޮގަސްޓް 2016
ހޯދާ