ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ މަރާމާތުތައް ކޮށްދޭނެ ފަރާތްތައް ހޯދުމަށް

އިޢުލާން          

ވަންދޫގެ މިސްކިތްތައް މަރާމާތުކުރުމާ ގުޅޭ

ތިރީގައި ބަޔާންކުރެވިފައިވާ ވަންދޫގެ މިސްކިތްތަކުގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލް އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ފޯންނަންބަރު 7980047 އަށެވެ.

  1. ނަޞްރީ މިސްކިތް: މިސްކިތުގެ 2 ވަޅު ބިމާ ހަމައިން ނެގުމަށްފަހު އަލުން ރާނައި ސިމެންތި ޖަހައި މުށިޖެހުން.
  2. ފަތަޙަ މިސްކިތް: މިސްކިތުގެ ވަޅުގައިހުރި މަރާމާތުތައްކޮށް ވަޅުގެ ވަށައިގެންވާ ތަޅުންގަނޑު ތަޅާލުމަށްފަހު އަލުން ރާނައި ތަޅުން އެޅުން.
  3. ޒިޔާރަތް މިސްކިތް: މިސްކިތާއި ވަޅާ ދެމެދުގައިވާ ގާތަށް ނަގައި އުކާލުން. އަދި އެތަނުގައި އަލުން ސިމެންތިން ގާ ހެދުން. އަދި ނުކައްސާފަދަ ކަށި މުށްޓެއް ޖެހުން.
  4. ފަތަޙަ އަދި ޒިޔާރަތް މިސްކިތުގެ ވަށާފާރު ރޭނުން.

4 ޛުލްޤަޢިދާ 1437

07 އޮގަސްޓް 2016
ހޯދާ