މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތްކުރާ އެކިއެކި ނޮން ގަވަރމަންޓަލް އޮގަނައިޒޭޝަންތައް މެދުވެރިކޮށް ވޮލެންޓްރީ މަސައްކަތް ކުރުމަށް ރާއްޖެއަންނަ ބިދޭސީންގެ ސެކިއުރިޓީ ސްކްރީން ކުރުމާބެހޭ

އިޢުލާން

ރާއްޖޭގައި މަސައްކަތްކުރާ އެކިއެކި ނޮން ގަވަރމަންޓަލް އޮގަރނައިޒޭޝަންތައް މެދުވެރިކޮށް ވޮލެންޓްރީ މަސައްކަތްކުރުމަށް ރާއްޖެ އަންނަ ބިދޭސީންގެ ސެކިއުރިޓީ ސްކްރީން ކުރުމުގެ މަސައްކަތް 2016 އޮގަސްޓު 10 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް މި މުއައްސަސާއިން ވަނީ ނިންމާފައެވެ. މިގޮތުން މިފަދަ ބިދޭސީންގެ ސްޕެޝަލް ވިޒާ އަދި ބިޒްނަސް ވިޒާ އަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއެކު (IM 32) ފޯމު ވެސް ހުށަހަޅަންޖެހޭ ގޮތަށް މިހާރު ވާނީ ހަމަޖައްސާފައެވެ.

ވީމާ،  2016 އޮގަސްޓު 10 ދުވަހުން ފެށިގެން، މަތީގައި ބަޔާންކުރެވުނު ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާއިރު ބިދޭސީންގެ ސެކިއުރިޓީ ސްކްރީން ފޯމު (IM 32)  ބޭނުންވާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އަދި ދަންނަވަމެވެ. މި ފޯމު މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓް hhtp://www.immigration.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

29 ޝައްވާލް 1437

09 އޮގަސްޓް 2016
ހޯދާ