ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް. 3)

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ:

މުނިސިޕަލް ސަރވިސަސް، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ. އިހަވަންދޫ

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރަށު ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގައި މުނިސިޕަލް ސަރވިސްއަށް ހަވާލުކުރެވޭ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ބަލައި ކައުންސިލަށާއި، ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުން.

2. މުނިސިޕަލް ސަރވިސްއަށް މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް، ސެކްޝަން އޯވަސިސް ކުރައްވާ ކައުންސިލަރގެ ލަފާގެމަތީން، ސެކްޝަނުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

3. ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުން ކައުންސިލް އިދާރާއަށް ހަވާލުކުރާ މުނިސިޕަލް ސަރވިސްގެ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުން ދިނުމާއި ޖަވާބުދާރީވުން.

4. ސަރުކާރުގެ އެކިއެކި މުވައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ހަލުވިކަމާއެކު ފޯރުވައިދިނުމަށް އިދާރާގެ މުނިސިޕަލް ސަރވިސް ސެކްޝަނާ ހަވާލުކުރެވޭ މަސައްކަތްތައް ކުރާ ނުކުރާގޮތް ބަލައި، އެކަށީގެންވާ އަވަސް ފުރުޞަތެއްގައި ޖަވާބުދާރީވުން.

5. ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަނަމާދާއި، ކަށުނަމާދުގެ އިމާމުން ހަމަޖެއްސުމާއި، ޖަމާޢަތްތެރިކަމާބެހޭ އެންމެހައި ކަންތައްތައް އެކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްގެން ކުރުވުން.

6. ކައުންސިލްގެ ބެލުމުގެދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލްގެ އުޅަނދުފަހަރާއި، ރަށުގެ މަގުތަކާއި، ޕާކުފަދަ އާންމު ތަންތަނަށް ނަން ދިނުމާއި، ނަން ބަދަލުކުރުމުގެ މަސައްކަތް ކުރުން.

7. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އިޙްތިފާލުތަކާއި ޤައުމީ އިޙްތިފާލުތައް، ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން ކުރުވުން.

8. ރަށުގެ ލައިބްރަރީ ހިންގުމާއި، ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކުރުމާއި، ރަށުގެ ތާރީޚީ ލިޔެކިޔުންތަކާއި ޤަދީމީ ލިޔެކިޔުންތައް، ރަށްކާތެރިކަމާއެކު ލައިބްރަރީގައި ބެހެއްޓުމާއި، ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމް ޤާއިމްކުރުން.

9. ރަށުގައި އުފެދިފައިވާ މަދަނީ ޖަމްޢިއްޔާތައް ހަރަކާތްތެރިކުރުވައި، އެފަދަ ޖަމްޢިއްޔާތަކަށް ލިބިދޭންޖެހޭ އެހީތެރިކަންދީ، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީ އެކުލަވައިލައި ބެލެހެއްޓުން.

10. ޢީދު ރޯދައަށް ހަނދުބެލުމަށްޓަކައި ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލް އިދާރާގައި ޑިއުޓީ އިންތިޒާމްކުރުން.

11. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށުފެންވަރުގައި ކުނި ނައްތައިލުމުގެ މަސައްކަތް، ކައުންސިލްގެ ލަފާގެމަތިން ކުރުވުން.

12. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.

13.ރަށް ގިރުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އެޅުމާއި، ރަށުގެ އެއްގަމުތޮއްޓާއި ކަނޑުތޮށި މަރާމާތުކޮށް ބެލެހެއްޓުން.

14. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ކަރަންޓާއި، ފެނާއި، ފާޚާނާއާއި ނަރުދަމާ ނިޒާމު ފަދަ އާންމު ޚިދުމަތްތައް، ކައުންސިލުން ނިންމަވާ ގޮތެއްގެ މަތީން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

15. ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކާއި މަގުމަތި، ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، އެކިއެކި މުނާސަބަތުތަކާ ގުޅިގެން ރަށްޒީނަތްތެރިކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.

16. ޚާއްޞަ ހާލަތްތަކާ ގުޅިގެންނާއި، އިޖުތިމާޢީގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

17. މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކަށް ޒިންމާވާ މިންވަރު ބަލައި، ސުޕަވައިޒްކޮށް، އިސްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށް، ނަތީޖާ ނެރެވޭގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމްކުރުވައި ހިންގުން.

18. ރަށުގެ މުނިސިޕަލް ދާއިރާގެ އެންމެހައި ކަންކަން ވިލަރެސްކުރުވައި، އެ ޚިދުމަތްދޭން ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި، ސުޕަވައިޒްކޮށް، ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް  ފޮނުވުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

19. ރަށުގައިހުރި އާސާރީ ތަންތަނާއި، ތަކެތި ޙިމާޔަތްކޮށް، އެފަދަ ތަންތަން ދިރުވައި ބެލެހެއްޓުން.

20. ރަށުގައި މަސްވެރިކަމާއި، ދަނޑުވެރިކަން އާލާކޮށް ދިރުވައި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މީހުންގެ ރެކޯޑް ބެލެހެއްޓުން.

21. ކަނޑު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓުފިކެޓު ހަދައި، އެތަކެތި ދޫކޮށް، ރަށުގައި އަލަށް ބަންނަ އުޅަނދުފަހަރަށް މާވަޑިމީހާދޭ ސެޓުފިކެޓު ޗެކްކުރުން.

22. ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

23. ޕެސްޓް ކޮންޓްރޯލް ކުރުން.

24. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރާއި، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އިންތިޒާމްކުރުން.

25. އެކި ބޭނުންތަކަށް މަގުކޮނުމުގެ ހުއްދަ ގަވާއިދާ އެއްގޮތަށް ދޫކުރުން.

26. ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން، ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހިންގުން.

27. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ލީޑަރޝިޕް، ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ސޯޝަލް ސައިންސްގެ ދާއިރާއިން)

- ލިބިފައިވާ މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް (ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމާއި ކުރުވުމުގެ ހުނަރާއި، ސުލޫކީ މިންގަނޑުތައް)

 

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން ދަންނަވަމެވެ. ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެއެވެ.)

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކު)

3. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނަގޮތަށް އަދި އެ ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް:

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ:

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ  (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި އިދާރާގެ 6500013 ނަންބަރު  ފޯނަށެވެ. ފެކްސް ނަންބަރަކީ، 6500024 އެވެ.

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016
ހޯދާ