ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ކޯޓު އޮފިސަރ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް
|
ޖީ.އެސް 3
|
މުސާރަ:
|
މަހަކު -/4,465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
ސަރވިސް އެލަވަންސް:
|
މަހަކު -/1,500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)
|
ލިވިންގ އެލަވަންސް:
|
-/2,550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
|
ޖުޑީޝަލް އެލަވަންސް:
|
މަހަކު 1,116/25 ރުފިޔާ (އެއްހާސް އެއްސަތޭކަ ސޯޅަ ރުފިޔާ ފަންސަވީސް ލާރި)
|
އިތުރުގަޑީގެ އުޖޫރަ:
|
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:
|
ލ. މާވަށު މެޖިސްޓްރޭޓް ކޯޓު
|
ތަޢުލީމާއި ތަޖުރިބާ:
|
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން، ނުވަތަ
2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
|
- ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން.
- ކޯޓަށް ހާޒިރުކޮށްފައި ތިބޭ މީހުން ކޯޓުގެތެރޭގައި ނޭދެވޭ ޢަމަލެއް ހިންގައިތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ، އެކަން ހުއްޓުވުން
- ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ އަމުރު) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި، ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން
- ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ޝަރީޢަތުގެ މަޖިލިހަށް މީހުން ވެއްދުން (މެޖިސްޓްރޭޓުގެ ހުއްދައާއެކު)
- ކޯޓުގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވައި، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ އެކަމެއް ހުޢްޓުވައި، މަޞްލަޙަތު ޤާއިމުކުރަން މަސައްކަތްކުރުން. އަދި މިކަން މެޖިސްޓްރޭޓުގެ ސަމާލުކަމަށް ގެނައުން.
- ކޯޓު އަމުރުގައިވާ ގަޑިއަށް ހާޒިރުނުވާ މީހުން ޖޫރިމަނާކުރުމާއި ޖޫރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
- ކޯޓަށް ހާޒިރުކުރާ މީހުން ދޭ ބަޔާންތައް މެޖސްޓްރޭޓް އަންގާ ގޮތެއްގެ މަތީން ޓައިޕްކުރުން.
- ފުލުހުންނަށް ދޫކުރާ ޢަމުރު މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން ތައްޔާރުކުރުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
- ކޯޓުން ނެރޭ އެންމެހާ ޢަމުރުތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން ތައްޔާރުކުރުމާއި، އެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން އެޅުމާއި، އެފިޔަވަޅުތަކުގެ ޖަވާބު ހޯދުމާއި، އެފިޔަވަޅުތައް މެޖިސްޓްރޭޓަށް ރިޕޯޓް ކުރުން.
- ނިންމާ މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތީން އެޅުމާއި، އެ ފިޔަވަޅުތައް އެޅުމަށްފަހު މެޖިސްޓްރޭޓަށް ރިޕޯޓްކުރުން
- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔުމާއި، ޓައިޕްކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކަށް ރިޕޯޓް ދޫކުރުމުގައި އެހީތެރިވެދިނުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ވަރިކައިވެންޏާބެހޭ މައްސަލަތަކާއި، އެގްރީމެންޓް ރަޖިސްޓަރީ ކުރުމުގެ ފޯމު ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.
- މީގެ އިތުރުންވެސް ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:
|
2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު، ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މެޖިސްޓްރޭޓް ކޯޓުތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް http://www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
- ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.
|
އެހެނިހެން ކަންތައްތައް
|
- މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމާއެކު އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިނުވާ ލިޔުން ހުށަހަޅުއްވާނަމަ، އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
|