މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގައި ބޭނުންކުރަމުން އަންނަ އެން.ޖީ.އައި.އެސް ސަރވަރ މެއިންޓެއިންކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި އޮތޯރިޓީގައި ބޭނުންކުރަމުން އަންނަ އެން.ޖީ.އައި.އެސް ސަރވަރ 01 އަހަރުދުވަހަށް މެއިންޓެއިންކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.

މި މަސައްކަތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރެފަރެންސް" މިއޮތޯރިޓީގެ ވެބްސައިޓް www.surveyofmaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016
ހޯދާ