ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 މީޑިއޭޓަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އެސިސްޓެންޓް ޑިރެކްޓަރ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް. އެސް. 3  | 
| 
 މަސައްކަތްކުރަންޖެހޭ ތަން:  | 
 ފެމިލީކޯޓު / އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބައި  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު -/7،035 ރުފިޔާ  | 
| 
 
 އެލަވަންސްތަކާއި ޢިނާޔަތްތައް:  | 
 - ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު) - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
| 
 
 މަޤާމުގެ އަސާސީ ޝަރުޠު:  | 
 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
| 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: 
 
 
 
  | 
 - ޞުލްޙަވެރިވާން އަންނަ ފަރާތްތަކުގެ މެދުގައި ހުރި މައްސަލަތައް ދެނަގަތުމުގައި އެފަރާތްތަކާ އެއްކޮށް ނުވަތަ ވަކިވަކީން ބައްދަލުކޮށް ޞުލްޙަވެރިވުމާބެހޭ ކަންކަން ހިންގުން. - ދެފަރާތުން ފާޅުކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޞުލްޙަވެރި ޙައްލަކަށް އާދެވިދާނެ ގޮތްތަކާމެދު ލަފާދީ، އެކަންކަމާ މަޝްވަރާކުރުން. - މައްސަލަތައް ޙައްލުކުރުމުގައި އެ މައްސަލައެއް ޙައްލުވާންހުރި ހުރިހާ މަގުތަކެއް ހޯދައި، އެ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، އެންމެ ފައިދާކުރަނިވި ރަނގަޅު ނިންމުމަކާ ހަމައަށް ދިއުމަށް އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެހީތެރިވެދިނުން. - ޞުލްޙަވެރިވުމާބެހޭ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކާއި، މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި އެއްބަސްވެވޭ ކަންކަމުގެ ޚުލާޞާ، ލިޔުމުން ތައްޔާރުކުރުން. - މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް، ހާލަތު ނިޔާކުރާގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.  | 
| 
 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:  | 
 - އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން. - މުޢާމަލާތުކުރުމުގެ ހުނަރު. - އެޓިޓިއުޑް. . - ދިވެހިބަހުން ތަކެތި ލިޔުމާއި، ޖުމްލަ ހަމަޖެއްސުމުގެ ހުނަރު. - ރިޕޯޓް ލިޔުމުގެ ހުނަރު. - ވާހަކަދެއްކުމުގެ ހުނަރު. - ޓީމް ވޯކް. - އިސްނެގުން. - މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު. - ދީނީ ނަސޭހަތްދިނުމުގެ ހުއްދަ އޮތުން.  | 
| 
 
 
 
 
 
 
 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 - ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓު ލެވެލުން މަތީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލުކުރެވޭނެއެވެ. ނޯޓު: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.  | 
| 
 ސުންގަޑި:  | 
 22 އޮގަސްޓް 2016 ގެ 14:30 ގެ ކުރިން.  | 
| 
 
 
 އިތުރު މަޢުލޫމާތު:  | 
 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލްކުރެވޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
| 
 5 ޛުލްޤަޢިދާ 1437  | 
|
