ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ލ. ގަމުގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ރިސޯސް ޤުރްއާން މުދައްރިސަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ލ. ގަމުގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ރިސޯސް ޤުރްއާން މުދައްރިސެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:  1

މުސާރަ: އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓުގެ ޕީރިއަޑަކަށް -/200 ރުފިޔާ

     އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު: ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

     2 މަސްދުވަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް މުއްދަތު އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

28  ޝައްވާލް  1437

08 އޮގަސްޓް 2016
ހޯދާ