ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލަންކިއުން

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

09 ސްޕޮންޖު ގޮނޑި
04 ފެންކައްކާ ޖަގު
01 މިކްސްޗަރ
01 ޓޯސްޓަރ
02 ޕްރޮޖެކްޓަރ ސްކްރީން ސްޓޭންޑާއެކު
01 ޕްރޮޖެކްޓަރ ސްކްރީންގެ ސްޓޭންޑް
01 މައިކްރޯ އަވަން
01 ޓީވީ "21 ގެ (ސޮނީ)
02 ޕޭޕަރ ޝްރެޑާ
01 ފޮޓޯކޮޕީ މެޝިން (RICOH FR3813)
02 ވީ.ސީ.އާރު (ސޮނީ/ޕެނަސޮނިކް)

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/5,000 (ފަސްހާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/200 (ދުއިސައްތަ) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީ އަގު ސިޓީއުރައެއްގައި ބަންދުކުރައްވައި، 2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

05 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016
ހޯދާ