ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެށްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.
މި މަޝްރޫއުގެ ތެރެއިން ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބާޒާރުގައި މި ވަގުތު ހުރި އެޕްލަޔަންސްތަކުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދޭނީ 2016 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ ރޭ 23:59 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ ([email protected] އަދި [email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ސުވާލުތަކަށް ޖަވާބުނުދެވޭނެ ވަހާކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މުއްދަތުގެ ކުރިން ހުށަހަޅާ ސުވާލުތަކުގެ ޖަވާބު މި މިނިސްޓްރީގެ ވެބްސައިޓް އަދި މި މިނިސްޓްރީގެ ފެސްބުކް ޕޭޖް މެދުވެރިކޮށް 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
"ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ނަންބަރު: (IUL)438-CCS/438/2016/190"
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ