ދިވެހިރާއްޖެ
އިޢުލާން
ހެންވޭރު ކާނިވާ ސަރަޙައްދުގެ ޑޮލްފިންކެފޭއާއި ލިލީސްކެފޭއާ ދެމެދުގައިވާ ހުސްބިމުގެ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑުފޯމު ބަލައިގަތުން
މި މިނިސްޓްރީގެ ނަންބަރު (IUL)138-EXS1/138/2016/96 (03 ޖުލައި 2016) އިޢުލާން ބާޠިލުކުރެވިފައިވާތީ، މި ބިމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.
ހެންވޭރު ކާނިވާ ސަރަޙައްދުގެ ޑޮލްފިންކެފޭއާއި ލިލީސްކެފޭއާ ދެމެދުގައިވާ ހުސްބިން ތަރައްޤީކުރުމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުން 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2016 އޮގަސްޓު 28 ވަނަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީގައެވެ. ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. އަގު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އެޑްރެސްކުރެވިފައި އޮންނަންވާނީ ކޯޕަރޭޓް ސެކްޝަނަށެވެ. ޕްރޮޕޯޒަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004337 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
29 ޝައްވާލް 1437