ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:  

މި ސްކޫލުގައި 2016 ވަނަ އަހަރު ޕްރީސްކޫލް މަރުޙަލާއަށް ކިޔެވުން ފެށުމަށް ބޭނުންވާ 1 ކްލާސްރޫމް އެޅުމަށް ބޭނުންވެގެން ކުރި ނަންބަރު GS-205/IUL/2016/10 (29 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ކާމިޔާބު ކުރި ފަރާތުން މަސައްކަތްކުރުމަށް އުޒުރުވެރިވާތީ އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުގައި 2016 ވަނަ އަހަރު ޕްރީސްކޫލް މަރުޙަލާއަށް ކިޔެވުން ފެށުމަށް ބޭނުންވާ 1 ކްލާސްރޫމް އެޅުމަށް ބޭނުންވެއެވެ. ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ، އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެކަމުގައި ދަންނަވަމެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ