ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގައި އަލަށް ޢިމާރާތްކުރަމުން ގެންދާ 8 ކްލާސްރޫމްގެ 2 ބުރި ޢިމާރާތުގެ ގްރައުންޑް ފްލޯގެ ދޮރުތައް އަމިއްލަ ތަކެތީގައި ޖަހައި ދޮރުތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މަދަރުސާގެ ނަންބަރު 2016/54 (30 ޖޫން 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން އަލުން އާންމުކޮށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:00 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 13:00 އަށް މި މަދަރުސާއަށް ދުރުވެ ބިޑް ހުށަހެޅުން އެދެމެވެ.
ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެގޮތް
އަގަށް: % 80
މުއްދަތަށް: % 10
ތަޖުރިބާ: % 10
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުންކުރާ މުޢާމަލާތު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބުތައް ކަނޑާނީ (އަންދާސީހިސާބު ނުވަތަ ބިޑް) ހުށަހެޅި ބޭފުޅުންގެ ތެރެއިން ހާޒިރުވި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ. ކުންފުނި، ޖަމުޢިއްޔާގެ ނަމުގައި މަޢުލޫމާތު ސާފުކުރުމަށް ދުރުވާއިރު އެ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ކުންފުނީގެ ފަރާތުން މަޢުލޫމާތު ސާފުކުރުމަށް އެ ފަރާތަށް ހުއްދަދީފައިވާކަން އެނގޭނޭ ސިޓީއެއް ގެންނަންވާނެއެވެ. މި އިޢުލާންކުރުމުން މިކަމާ ގުޅޭގޮތުން މީގެ ކުރިން ކޮށްފައިވާ އިޢުލާން ނަންބަރު 2016/54 (30 ޖޫން 2016) އިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
04 ޛުލްޤަޢިދާ 1437