ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
މަޤާމުގެ ނަން: |
ނެވި |
ބޭނުންވާ އަދަދު: 1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
އެސް. އެސް. 3 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސަރވިސް ގްރޭޑް 3 |
|
މުސާރަ: |
މަހަކު -/3875 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ |
ރިސްކް އެލަވަންސް: |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ. |
|
ޑިވިޜަން/ ސެކްޝަން: |
މެއިންޓެނެންސް ޑިޕާޓްމަންޓް |
|
މަޤާމް އޮތް ތަން: |
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް |
|
އިތުރު ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުން. 2. ދޯނީގެ ދަތުރުތަކަށް ފަޅުވެރިން ތައްޔާރުކުރުން. 3. ދަތުރުތައް ކުރުމުގެ ކުރިން ބޭނުންވާ ތެޔޮ އަޅައި، އިންޖީނު ރަނގަޅުތޯ ބަލައި ޗެކްކުރުން. 4. އިންޖީނަށް ދިމާވާ މައްސަލަތައް ޙައްލުކުރެވޭތޯ ބެލުން. 5. ދޯނީގެ އިންޖީނަށް ބޭނުންވާ ސްޕެއަރ ފަދަ ތަކެތި ކަމާބެހޭ ފަރާތުގައި ދަންނަވައިގެން ހޯދުން. 6. ދޯނީގެ ދަތުރު ޚަރަދަށްވާ ތެލުގެ ލިޔެކިއުން ބެލެހެއްޓުން. 7. ދޯނީގެ މަރާމާތާއި، ހޯދަންޖެހޭ ތަކެތި، ކަމާބެހޭ ފަރާތާ ވާހަކަދައްކައިގެން ހޯދުން. 8. ދޯނި އެހެލައި، ބާލައި، ތެޔޮލައި، ދަވާދުލުންފަދަ ކަންތައްތަކުގައި އިސްވެ އުޅުން. 9. ދޯނި ސާފުކުރުމާއި، ފަޅުގައި އޮންނައިރު ބެލެހެއްޓުމުގައި ދޯނީގެ އެހެން މުވައްޒަފުންނާ އެހީތެރިވުން. 10. ދޯނީގައި ބޭނުންކުރާ އެހެނިހެން ތަކެއްޗާއި، ހިފައިގެންގުޅޭ ތަކެތި ބެލެހެއްޓުން. 11. ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ދޯނީގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން. 12. ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ދޯނީގެ ދަތުރުތައް ކުރުން. |
|
ތަޢުލީމާއި، ތަޖުރިބާ: |
1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަޤާމުގެ ނަން: |
ފަޅުވެރި |
ބޭނުންވާ އަދަދު: 2 (ދޭއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
އެސް. އެސް. 2 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސަރވިސް ގްރޭޑް 2 |
|
މުސާރަ: |
މަހަކު -/3470 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ |
ރިސްކް އެލަވަންސް: |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް، ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ. |
|
ޑިވިޜަން/ ސެކްޝަން: |
މެއިންޓެނެންސް ޑިޕާޓްމަންޓް |
|
މަޤާމް އޮތް ތަން: |
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް |
|
އިތުރު ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ދަތުރުތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. 2. ދޯނި ސާފުކުރުމާއި، ފަޅުގައި އޮންނައިރު ބެލެހެއްޓުމުގައި ދޯނީގެ އެހެން މުވައްޒަފުންނަށް އެހީތެރިވުން. 3. ދޯނި އެހެލައި، ބާލައި، މަރާމާތުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. 4. ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ދޯނީގެ ދަތުރުތައް ކުރުން. 5. ދަތުރުކުރާއިރު ދޯނީގައި ތިބޭ ޕަސެންޖަރުންނަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުން. 6. ދަތުރުކުރާއިރު ފަޅުވެރިންނާއި ޕަސެންޖަރުންގެ މުދަލަށް ސަމާލުކަމެއްދީގެން އެންމެހައި ކަންކަން ކުރުން. 7. ދޯނީގައި ގެންގުޅޭ ސަލާމަތީ އާލާތްތައް ދަތުރަށް ފެށުމުގެ ކުރިން ހަމަކޮށްފައި ބެހެއްޓުން. |
|
ތަޢުލީމާއި، ތަޖުރިބާ: |
1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް |
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. 4. ޖިސްމާނީ ޤާބިލުކަމާއި، ނަފްސާނީ ޤާބިލްކަން ހުރި މިންވަރު. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ www.urh.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) ނޯޓު: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ. 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކުރައްވައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށޤ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނަގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ގޮތަކަށް ނަގާފައިވާ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
|
ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް ބަލައިގަންނާނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުންނެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 14.00 އެވެ. |
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ އޮގަސްޓުމަހު، މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތް ތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6580029 ނަންބަރު ފޯނަށެވެ. |
5 ޛުލްޤަޢިދާ 1437