ދިވެހިރާއްޖެ
އިޢުލާން
ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހާންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތަށް ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއެވެ.
މަޤާމު: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު: 01 (އެކެއް)
މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް
ފެންވަރު ނުވަތަ ޝަރުޠު:
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައި ވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓްގެ http://eedp.moe.gov.mv/#/ ގެ "ޑައުންލޯޑްސް" އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮގަސްޓު 2016 މި ތާރީޚުގެ 14:00 ގެ ކުރިން އެދުރުހިޔާ ޢިމާރާތުގެ 09 ވަނަ ފަންގިފިލައަށް، ކޯޑިނޭޝަން ސަޕޯޓް ޔުނިޓަށް އެޑްރެސްކުރައްވައި، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
- ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ
އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
އޮޕަރޭޝަންސް އޮފިސަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ.އެސް.ޔޫ.)،
09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،
މާލެ، ދިވެހިރާއްޖެ
ފޯނު: 3341319
އީމެއިލް: [email protected]
މަޤާމަށް ހޮވުން:
- މި މަޤާމަށް ހޮވޭނީ ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ. ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ.
އިތުރު މަޢުލޫމާތު:
- މި މަގާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341319 އަށް ގުޅުއްވުން އެދެމެވެ.
4 ޛުލްޤަޢިދާ 1437