ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން) |
މަޤާމުގެ ނަންބަރު: |
188-OD/22/2016/09 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
ޢިނާޔަތްތައް: |
ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެންދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
ޗުއްޓީ: |
ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން: |
ދ. މާއެނބޫދޫ ސްކޫލް / އެޑްމިން |
ދާއިރާތައް: |
- އިންފޮމޭޝަން ޓެކްނޮލޮޖީ - ހިއުމަން ރިސޯސް މެނޭޖްމެންޓް - އެޑްމިނިސްޓްރޭޝަން - މެނޭޖްމަންޓް |
މަޤާމުގެ ޝަރުޠުތައް: |
1. މަތީގައިވާ ދާއިރާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ޖީ.ސީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން. 2. ވަޒީފާ ބަޔާން ތައްޔާރުކުރުން. 3. ސީނިއަރ މެނޭޖްމަންޓުގެ އޯވަރޓައިމްގެ ކަންތައް ބެލެހެއްޓުން. 4. ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތް ކުރުން. 5. ސެޕް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން. |
އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްއާއި، އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، މި އިޢުލާނުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 16 ވާ އަންގާރަދުވަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަށްޖެހޭ އެންމެހައި ލިޔުންތައް، މާއެނބޫދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މާއެނބޫދޫ މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށްއެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ސީވީ ތައްޔާރުކުރާނީ، ވަޒީފާއަށްއެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ.) |
އިތުރު މަޢުލޫމާތު: |
1. މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. 2. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާއެނބޫދޫ މަދަރުސާގެ 7952919 ނަންބަރު ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. |
1 ޛުލްޤަޢިދާ 1437 |