ވަޒީފާގެ ފުރުޞަތު
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
|
މަޤާމު:
|
އެކައުންޓްސް އޮފިސަރ (ވަގުތީ)
|
މަޤާމުގެ މުއްދަތު:
|
1 އަހަރު
|
މަޤާމުގެ ރޭންކް:
|
އެމް. އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:
|
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / ޕްރޮކިއުމަންޓް އެންޑް ފައިނޭންސް ޔުނިޓް ، ކ. މާލެ
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/5610 ރ
- ސަރވިސް އެލަވަންސް: މަހަކު -/2000 ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުޠު:
|
-
މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
-
މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
-
މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން.
- އޮތޯރިޓީގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ގަވާއިދުން ފޮނުވުން.
- އޮތޯރިޓީއަށް ލިބޭ އާމްދަނީ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކޮށް އެކަމާބެހޭ ރިކޯޑު ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވުން.
- ބަޖެޓްގެ އައިޓަމުތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކުރުމާއި ބެޖެޓް ކޮންޓްރޯލްކޮށް ރިކޯޑުތައް ބެލެހެއްޓުން.
- އޮތޯރިޓީގެ ވައުޗަރ ހަދަން ބޭނުންވާ ބިލުތައް ބަލައިގަނެ ވައުޗަރ ހެދުން އަދި ކަމާގުޅޭ ހުރިހާ ލިޔެކިޔުމެއް ފައިލުކުރުން.
- އޮތޯރިޓީގެ ވައުޗަރ ހަދައި ބިލުތަކާ ގުޅޭ ފެކްސް މެސެޖް،ސިޓީ، ނޯޓު ޖެހުން.
- އޮތޯރިޓީގެ ވައުޗަރ ރަޖިސްޓަރީ އަޕްޑޭޓް ކުރުން
- އޮތޯރިޓީގެ ކުރިއަށް އޮތް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
- އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގައި ބިލުތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކުކުރުން.
- ޕެޓީކޭޝްއަށް ފައިސާ ހޯދުމަށާއި އަންނަ މެމޯއާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޝީޓުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފައިސާ ހަވާލުކުރުން
- އޮތޯރިޓީގެ ތިޖޫރީ ރިޕޯޓު ތައްޔާރުކޮށް ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
- ފައިނޭންސް ސެކްޝަންގެ ޔައުމީޔާ ލިޔެ ކަނޑައަޅާފައިވާ މުއްދަތައް އެޑްމިން ސެކްޝަނާ ހަވާލުކުރުން.
- އޮތޯރިޓީން ޚަރަދުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ އެންމެހައި ކަންތައްތައް ހިނގަމުންދާގޮތް ބަލައި ޗެކުކުރުން.
- އޮތޯތިޓީގެ މާލީ ބަޔާން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- އޮތޯރިޓީގެ ޚަރަދު ރިޕޯޓު ތައްޔާރުކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.
- ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 11 ވާ ހޯމަ ދުވަހުގެ 12:00 އެވެ.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު – ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މާލޭގައެވެ.
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004265 ނަންބަރު ފޯނަށް ނުވަތަ 3004263 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
01 ޛުލްޤަޢިދާ 1437
|