ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ހިންގާކޮމިޓީ އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ، 2016 އޮގަސްޓު 20 ވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ސެމިނަރ ރޫމް (3 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. އަދި ހިންގާ ކޮމިޓީގެ ތިރީގައިމިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، 14 އޮގަސްޓު 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން، މަޤާމަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި ހުށަހެޅުން އެދެމެވެ. މި ފުރުޞަތުގައި، އެއްވެސް ފައިސާއެއް، ޖޫރިމަނާއެއް، ޗަންދާއެއް އެމްބީއޭއަށް ދައްކަން ޖެހިފައިވާނަމަ، 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 14:30 ގެ ކުރިން، އެކަން ނިންމުން އެދެމެވެ. މި އެޕްލިކޭޝަން ފޯމު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފީހުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި މެންދުރުފަހު 2:00 އާ ދެމެދު ލިބެން ހުންނާނެއެވެ. އަދި މަޤާމުތަކަށް ފޯމު ހުށަހެޅުން، 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 14:30 އަށް ކުރިއަށް ގެންދެވޭނެއެވެ. 14 އޮގަސްޓް 2016 ގެ 14:30 ގެ ފަހުން އެއްވެސް ފޯމެއް ބަލައެއް ނުގަނެވޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމަށްފަހު، ހުށަހެޅިކަމުގެ ލިއުންކޮޅެއް ހޯދަންވާނެއެވެ. މި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އިންތިޚާބުކުރުމަށް ހުޅުވައިލެވިފައިވާ ހިންގާ ކޮމިޓީގެ މަޤާމުތަކާއި އަދަދު ތިރީގައި އެވަނީއެވެ.
1 (އެކެއް) ޕްރެޒިޑެންޓް
1 (އެކެއް) ވައިސް ޕްރެޒިޑެންޓް
1 (އެކެއް) ޚަޒާންދާރު
5 (ފަހެއް) ފުރިހަމަ މެންބަރުން
1 (އެކެއް) އަމިއްލަ މެންބަރު
ހިންގާ ކޮމިޓީ އިންތިޚާބުކުރުމުގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނެނީ، ކީރިތި ޤުރްއާނުގެ ބަރަކާތުން ޖަލްސާ ފެށުމާއި، ޖަލްސާ ތަޢާރަފުކުރުމާއި، ހިންގާ ކޮމިޓީ އިންތިޚާބުކުރުމާއި، އިންތިޚާބުވި ހިންގާ ކޮމިޓީ އިޢުލާނުކުރުމާއި، އެ ކޮމިޓީގެ ފަރާތުން ޖަލްސާއާއި މުޚާޠަބުކުރުމާއި، ޖަލްސާ ނިންމުމެވެ.
މިހެންވެ، މިކަން އާންމުކޮށް އިޢުލާނު ކުރަމެވެ.