ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާގެ ނަންބަރު(IUL)310-CA/310/2016/35 އިޢުލާނާ ގުޅިގެން ވަޒީފާގެ އަސާސީ ޝަރުޠު ހަމަވާ އެއްވެސް ފަރާތެއް އެ ވަޒީފާއަށް ކުރިމަތިލާފައި ނުވާތީ، އެ ވަޒީފާއަށް މުވައްޒަފު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
| 
 މަޤާމް:  | 
 އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ  | 
| 
 މަޤާމް ނަންބަރު:  | 
 J-228368  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް. އެސް. 1 (މެނެޖީރިއަލް ސަރވިސް 1)  | 
| 
 އޮފީސް / އިދާރާ:  | 
 މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ  | 
| 
 ސެކްޝަން/ޔުނިޓް:  | 
 އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ  | 
| 
 
 މަޤާމުގެ މުސާރައާއި ޢިނާޔަތްތައް:  | 
 - މުސާރަ: މަހަކު -/5،610 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ - ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން، މުސާރައިގެ އިތުރުން، އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެންދެވޭ އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.  | 
| 
 
 
 ތަޢުލީމާއި ތަޖުރިބާ:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
| 
 
 
 
 
 
 
 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި، ފަޅު ހޯދުމާއި، މިލްކުކުރުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، މިފަދަ ތަންތަނުގައި އިންވެސްޓުކުރުމާއި، މިފަދަ އިންވެސްޓުތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން. - އަތޮޅު ކައުންސިލްގެ ލަފަޔާއި، އިރުޝާދުގެމަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި، ބިން އެކިއެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން. - އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި، މިލްކުކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި މި ޤާނޫނުގެދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެން ފަރާތްތަކަށް ކުއްޔަށްދިނުމާއި ދޫކުރުން. - ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަސްލަޙަތުތަކާއި، މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން. - ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ކެފޭތަކާއި، ގެސްޓުހައުސްތަކާއި، އާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުމާއި، އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅު އެޅުން. - އިދާރާގެ ޕްރޮކިއުމަންޓުގެ ކަންކަން ބެލެހެއްޓުން. - ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތުގައްޔާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން. - އިދާރާގެ އައި.ޓީ ގެ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން. - އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.  | 
| 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
 1. ތަޢުލީމާއި ތަމްރީނު 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.  | 
| 
 އިންޓަވިއުއާއި، ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:  | 
 މި މަޤާމަށް ކުރިމަތިލާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއުއާއި އިމްތިޙާނުކުރުން އޮންނާނީ، 2016 އޮގަސްޓު 18 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާގައެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 2016 އޮގަސްޓު 16 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުން، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާއަށް.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) (ނ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)  | 
|
ނޯޓު:
- މަޤާމުގެ މަސައްކަތުގެ ދާއިރާކަމުގައި ބެލޭނީ، ޤާނޫނީ ދާއިރާ، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ، އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖުމަންޓުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ، ސޯސަލް ވޯކްސްގެ ދާއިރާ، އާރކިޓެކްޗަރގެ ދާއިރާ.
- ގުޅުންހުރި އެހެން ދާއިރާތައްކަމުގައި ބެލޭނީ، ބިޒުނަސް ސްޓަޑީޒު، އެކައުންޓިންގ، އިކޮނޮމިކްސް މި މާއްދާތަކުގެ ޓީޗިންގ ސެޓުފިކެޓު.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580020 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580020 އެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.
1 ޛުލްޤަޢިދާ 1437
