ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު: J-252700
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
ސެކްޝަން: ކޯޕަރޭޓް އެފެއާޒް
މުސާރަ: މަހަކު -/5020 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
އެހެނިހެން އެލަވަންސް: އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ތަޢުލީމާއި ތަޖުރިބާ:
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- އޮފީހަށް އަންނަ މައްސަލަތައް ބަލައިގަނެ، ސެކްޝަންތަކަށް ހަވާލުކުރުވުން.
- މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، ދާއިމީކުރުމާބެހޭ ކަންތައްތައް ކުރުން.
- ދުވަހު ޔައުމިއްޔާއާއި ކައުންސިލް ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، ޗުއްޓީ ރެކޯޑު ބެލެހެއްޓުމުގެ އެންމެހައި ކަންތައްކުރުން.
- ޕާރފޯމަންސް އެޕްރައިޒަލް ފޯމު ފުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މުވައްޒަފުންގެ ރެކޯޑް ފައިލްތަކަށް ވައްދަންޖެހޭ ތަކެއްޗާއި ފައިލްތައް ސިއްރުތަކެތީގެގޮތުގައި ބެލެހެއްޓުމުގެ މަސައްކަތް.
- ކައުންސިލްތަކުގެ އަހަރީ ރިޕޯޓާއި، ހަމަސްދުވަހުގެ ރިޕޯޓާއި، ތައްޔާރުކުރުމާބެހޭ ކަންތައްތައް ކުރުން.
- އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑިއާއި ބަންދު ދުވަހުގެ ރިޕޯޓާބެހޭ އެންމެހައި ކަންތައްކުރުން.
- އޮފީހުގެ މެޝިނަރީޒާއި އިންވެންޓްރީއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- އޮފީހުން ދޫކުރާ ތަކެތީގެ ސްޓޮކާއި، އޮފީހުގެ ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓުން.
ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާބެހޭ އެންމެހައި ކަންތައް ކުރުން.
- އެކިއެކި ހާދިސާތަކާއި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް.
- ސެކްޝަނުން ހަދަންޖެހޭ ރިޕޯޓުތައް ހެދުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ހޯދަޑު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.
- ސިވިލް ސަރވިސްއަށް / ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.
އިންޓަވިއު ކުރުން:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ނޯޓު:
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅޭގޮތުން، އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860024 ނަންބަރު ފޯނަށް، ނުވަތަ 6860025 ނަންބަރު ފޯނަށެވެ.
29 ޝައްވާލް 1437