މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާފުށީޖަލުގައި ހެދުމަށް ހަމަޖެހިފައިވާ ޔުނިޓް 2,3,4ގެ އޮފީސް އިމާރާތްކުރުމާބެހޭ

އިޢުލާން

މާފުށީޖަލުގައި ހެދުމަށް ހަމަޖެހިފައިވާ ޔުނިޓް 2,3,4ގެ އޮފީސް އިމާރާތްކުރުމާބެހޭ:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީޖަލުގައި ހެދުމަށް ހަމަޖެހިފައިވާ 2،3،4 ގެ ޔުނިޓް އޮފީސް ދެބުރިއަށް އިމާރާތްކުރުމަށްޓަކައި އެ އިމާރާތުގެ ކޮންސެޕްޓް ޑިޒައިނާއި ޑީޓެއިލް ޑްރޯއިންއާއި ބީއޯކިއޫ އަދި އިމާރާތްކުރާނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)167-PR/1/2016/37 އިޢުލާނުގައި މަޢުލޫމާތު ސާފުކުރަން އޮތް ދުވަހަކީ ސަރުކާރުބަންދު ދުވަހަކަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މިއޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

11 އޮގަސްޓު 2016

އާދީއްތަ

14:00  

އަންދާސީހިސާބު ހުށަހެޅުން

16 އޮގަސްޓު 2016

އާދީއްތަ

14:00  

29 ޝައްވާލް 1437

04 އޮގަސްޓް 2016
ހޯދާ