ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިރަށު ހުކުރުމިސްކިތް، މަސްޖިދުލް ތަޤްވާއަށް، ވޭޖް އެންޕްލޯއިމަންޓުގެ ދަށުން، ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް އޮތް އޮފީސް:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދުލް ތަޤްވާ

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި، އިމާމު / މުދިމު އަންގާ ގޮތެއްގެމަތީން މަސައްކަތްކުރުން.

2- ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެމަތީން މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީ ފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން (މީގެ ތެރޭގައި މިސްކިތްތަކުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތަކެއް ނުހިމެނެއެވެ.)

3- މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން.

4- އިމާމު / މުދިމު އަންގާގޮތެއްގެ މަތީން، ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް، ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި ފަންކާތައް އޮފީހުން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި، ނިއްވުން.

5- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން މުދިމު / އިމާމަށާއި ކައުންސިލްއިދާރާއަށް އަންގަމުން ގެންދިޔުން.

6- ކައުންސިލް އިދާރާއިންނާއި އިމާމު / މުދިމު ހަމަޖައްސާގޮތެއްގެމަތީން، މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ، ގަސްތައް ބެލެހެއްޓުން.

7- ހިނަވާގެ ހިމެނޭ ސަރަހައްދު ކުނިކަހައި ފޮޅައި ސާފުކުރުން.

8- ހިނަވާގެ ކުނިކަހައި ސާފުކުރުމާއި، ދޮރާއި ދޮރުފަތްތަކާއި ބިއްލޫރިތައް ސާފުކުރުން.

9- މީގެ އިތުރުންވެސް، މިސްކިތާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

10-  ކައުންސިލް އިދާރާއިން ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމް

މަޤާމުގެ ރޭންކް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

SS1

ސަޕޯޓް އޮފިސަރ ގުރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ކޮންމެ ނަމާދު ވަގުތަކަށް
20/67 ރުފިޔާ

ކޮންމެ ނަމާދު ވަގުތަކަށް
6/67 ރުފިޔާ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ޤާބިލްކަމުގެ ސިފަތައް.

 

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

- ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނަގޮތަށް، އެ ލިޔުންތައް ކިޔަން އެނގޭފަދަގޮތަކަށް ނަގާފައިވާ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއެއް.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް)

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500061 އެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ