ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގެ އެރައިވަލް ޖެޓީއާއި ވަށައިގެންވާ ސަރަހައްދުގެ ޕާކު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އި ޢު ލާ ން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަނުން ދޭ މައުލޫމާތާ އެއްގޮތަށް ހުޅުމާލޭގެ އެރައިވަލް ޖެޓީއާއި ވަށައިގެންވާ ސަރަހައްދުގެ ޕާކު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 13:00 އަށް  (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަނުގެ މައި އޮފީހުގެ މީޓިންގް ރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓުގެ ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކު: http://hdc.com.mv/announcements

އަދި އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355194 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

1 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016
ހޯދާ