މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނެޓްވަރކް ފޮޓޯކޮޕީ މެޝިން ހޯދުމަށް

މަސައްކަތް

ނެޓްވަރކް ފޮޓޯކޮޕީ މެޝިން ހޯދުމަށް


އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީއަށް ނެޓްވަރކް ފޮޓޯކޮޕީ މެޝިން ގަންނަން ބޭނުންވެގެން 2016 ޖުލައި 14 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު: (IUL)25-A2/1/2016/12 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައި ވަނީ ތިން ފަރާތަށްވުރެ މަދުން ކަމުގައިވާތީ، މި ތަކެތި ވިއްކަވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ތަކެތި ވިއްކަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 10 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3323400 ނަންބަރު ފޯނާއެވެ.  

 

07 އޮގަސްޓް 2016
ހޯދާ