މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 (ދޭއް) ޓަނުގެ ޕަވަރ ގޭޓް އާޕިކަޕެއް ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާއަށް ޕިކަޕެއް ހޯދުމާ ގުޅޭ:

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް 2 (ދޭއް) ޓަނުގެ ޕަވަރގޭޓް އާ ޕިކަޕެއް ގަނެގެން މި ރަށަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 9 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ މަޢުލޫމާތުތައް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

  1. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް، ފެކްސް ނަންބަރު)
  2. ޕިކަޕުގެ ކުލަފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިންނާއި ފަހަތުން
  3. ޕިކަޕުގެ ބްރޭންޑާއި އިންޖީނު ބްރޭންޑާއި ސްޕެސިފިކޭޝަން
  4. ޕިކަޕުގެ ވޮރަންޓީ ޕީރިއަޑެއްވާނަމަ، އެކަން
  5. ރޯޑުވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑުވާދިނަސް ހަދައިދިނުމަށް ޕިކަޕް ރަޖިސްޓަރީކުރުމާއި ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދު
  6. ތަރޑްޕާޓީ އިންޝުއަރެންސް

މި އިދާރާއިން ބަލާނެ ކަންތައްތައް

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏަކަށް ވުން
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގު ހުށަހަޅަންވަނީ ދިވެހިރުފިޔާއިންނެވެ.
  2. އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދިވެހިބަހުންނެވެ.
  3. ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓްތަކާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕު ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު
  4. ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީއާއި ކްލިއަރެންސް ފަދަ ޚަރަދުތައް (އިމްޕޯޓް ޑިއުޓީ މާފުކޮށްދީފިނަމަ، އިމްޕޯޓް ޑިއުޓީ ކަނޑައި، ޖުމުލަ އަގު)
  5. މި އިދާރާގެ ނަމުގައި ޕިކަޕު ރަޖިސްޓަރީކޮށް ނިންމުމަށްފަހު ރ. މާކުރަތަށް ގެނެސް ޖެޓީއަށް ބޭލުމުގެ އަގު

ނޯޓް: މަތީގައި ދެންނެވިފައިވާ އުސޫލާ ޚިލާފަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

މާކުސް ދެވޭ ގޮތުގެ ތަފުސީލު

  1. ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމެޓީއަކުންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމެޓީން އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްފަހު އަންދާސީހިސާބު ކާމިޔާބުކުރެވުނު ފަރާތަށާއި ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

މާކުސް ދެވޭ ކެޓަގަރީ

މާކުސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

 

 

 

އަގު

 

 

 

 

% 80

 

- މަސައްކަތުގެ ޖުމުލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކުސް

- މާކުސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާ އަޅާބަލާއިރު އެންމެ އެކަށީގެންވާކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކުސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކުގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށެވެ.

 

 

 

(benchmark price/submitted price) x allocated percentage

 

 

 

 

ތަޖުރިބާ

 

 

 

% 10

- ޕިކަޕު ރާއްޖެ ގެނެސް ގަނެ ވިއްކައި، މަރާމާތުކޮށް، ރޯޑުވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި ކުރެވިފައިވާ މަސައްކަތުގެ މިންވަރު.

- މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އަށް

- މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކުސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ބެންޗްމާކުގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

(submitted years of experience/ benchmark years) x allocated percentage

 

 

މުއްދަތު

 

 

% 10

 

 

- މަސައްކަތްކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކުސް

- މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތްކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އަށް

- މިގޮތުން މި ކްރެޓީރިއާއިން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތަކަށެވެ.

 

(benchmark delivery period / submitted delivery period) x allocated percentage

އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން

- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ.

- އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބުތައް ހުށަހަޅާ ގަޑީގައި ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

- މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

- ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ