އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނެޝަނަލް ކޯޑިނޭޓިންގ ކޮމިޓީ ފޮރ ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންގައި ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ މަންދޫބުން ހޮވުމާބެހޭ

އިޢުލާން

ޔުނައިޓެޑް ނޭޝަންސްގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) އާއެކު އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވައިލަމުންގެންދާ ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންގެ މަސައްކަތްތައް ކުރުމަށްޓަކައި، އެކުލަވައިލާފައިވާ ނެޝަނަލް ކޯޑިނޭޓިންގ ކޮމިޓީ ފޮރ ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންގައި ސިވިލް ސޮސައިޓީގެ ދެ މަންދޫބުން ހިމަނަން ބޭނުންވެއެވެ.

މިގޮތުން ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ މަންދޫބުން ހޮވުމަށްޓަކައި 2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހު 11:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި ބައްދަލުވުމެއް އޮންނާނެ ވާހަކަ ދަންނަވަމެވެ. މި ކޮމިޓީގައި ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ މަންދޫބުން ހޮވާނީ، މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ލެވޭ ވޯޓަކުންކަންވެސް ދަންނަވަމެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ