ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ފޮތްތަކެއް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފޮތްތަކެއް ޗާޕުކުރަން ބޭނުންވެއްޖެ:

ދިވެހިބަހުގެ އެކެޑަމީން ފޮތްތަކެއް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)430-DBA-I/1/2016/15 އިޢުލާނަށް ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މިކަން ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ހުޅުވާލަމެވެ.

މިކަމަށް އެދޭ ފަރާތްތަކުން 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 10:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކަށްވެސް މަޢުލޫމާތުކަރުދާސް ދޫކުރެވޭނެއެވެ. ނަމަވެސް, އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ