މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ޕްރޮޖެކްޓް މެނޭޖަރ

ބޭސިކް މުސާރަ: މަހަކު -/9,000 ރުފިޔާ

އެލަވަންސް:  މަހަކު -/6,000 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޕްރޮޖެކްޓްސް / އިންވެސްޓްމެންޓް

ބޭނުންވާ އަދަދު: 1

ޝަރުޠު:މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރެޖެކްޓް މެނޭޖިންގގެ ދާއިރާގައި 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2016 އޮގަސްޓު 3 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގޭ ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓްތަކަށެވެ).

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ މަތިން މެނޭޖްކޮށް ކުރިއަށް ގެންދިއުން.

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްގެންދެވޭ ހުރިހާ ރަށެއްގައި އެ މަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކޮށް ސުޕަވައިޒަރަށް ރިޕޯރޓުކުރުން.

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ ޕްލޭން ހަދައި، އެ ޕްލޭނަށް މަސައްކަތް ކުރިއަށްގެންދިއުން.

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓްގެ ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރ އަދި މެނޭޖްމަންޓުގެ ލަފާގެ ދަށުން ގެންނަމުން ދިއުމާއި މިކަމުގެ މައުލޫމާތު ގަވާއިދުން މެނޭޖްމަންޓާ ހިއްސާކުރަމުން ގެންދިއުން.

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓްގެ މަސައްކަތާ ގުޅިގެން ޕްރޮޖެކްޓް ކުރިއަށްގެންދެވޭ ރަށްރަށަށް ދާންޖެހިއްޖެ ހާލަތެއްގައި ދިއުން

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓްގެ އެކި ކޮންޕޯނަންޓްތައް ގުޅުވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓާ ގުޅޭ އެންމެހައި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ގަވާއިދުން ފައިލުކުރުން. ލިޔެކިޔުން ބެލެހެއްޓުން.

- ސެކްޝަންގެ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

- ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.         

 އިތުރު މަޢުލޫމާތު 

  • މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)MMPRC-HAS/1/2016/42 އިއްލާނުގެ މުއްދަތު ހަމަވި ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވުމާ ގުޅިގެން މި މަޤާމަށް އެދި ސިޓީފޮނުވުމުގެ މުއްދަތު 2016 އޮގަސްޓް 3 ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށް މިކަން އިޢުލާންކޮށް ހުޅުވާލަމެވެ. 
  • މި މަޤާމުގައި އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތުން، މި މަޤާމަށް ކުދިން ހޮވުމުގައި ފިރިހެން ކުދިންނަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

01 އޮގަސްޓް 2016
ހޯދާ