މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ފައިނޭންސް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

3 މަސްދުވަސް

މުސާރަ

މަހަކު -/12,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް ފައިނޭންސް ނުވަތަ އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން 2 އަހަރުދުވަހާއި 5 އަހަރުދުވަހާ ދެމެދުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. ރިސާޗް ފީލްޑްގައި މަދުވެގެން 6 މަސްދުވަހާއި 1 އަހަރުދުވަހާ ދެމެދުގައި މަސައްކަތްކޮށް މަސައްކަތު ތަޖުރިބާ ލިބިފައިވުން،

(އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާއި ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- މާލިއްޔަތާބެހޭ ގަވާއިދުގައިވާގޮތުގެ މަތިން ސާރވޭގެ ބަޖެޓް ބެލެހެއްޓުން.

- ސާރވޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައި ފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުން.

- ސާރވޭގެ މަސައްކަތުގެ ތެރޭގައި ލިބޭ ބިލުތަކަށް، އެ ބިލެއްގައިވާ މުއްދަތަށް ގަވާއިދުން ފައިސާ ދެއްކުން

- ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރުމުގައި ވައުޗަރ ތައްޔާރުކުރުމާއި، ވައުޗަރަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް، ގަވާއިދާ އެއްގޮތަށް ޚަރަދުކުރުން.

- ފީލްޑްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގައި އެހީތެރިވުން.

މަޤާމު

ފީލްޑް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

3 މަސްދުވަސް

މުސާރަ

މަހަކު -/12,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. ސާނަވީ އިމްތިހާން ނުވަތަ މަތީ ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަސައްކަތުރެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. ރިސާޗް ފީލްޑްގައި މަދުވެގެން 6 މަސްދުވަހާއި 1 އަހަރުދުވަހާ ދެމެދުގައި މަސައްކަތްކޮށް މަސައްކަތު ތަޖުރިބާ ލިބިފައިވުން،

(އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާ ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ސާރވޭގެ ފީލްޑް މަސައްކަތް ކުރިއަށްގެންދިއުން

- ފީލްޑްގެ މަސައްކަތް ރޭވިފައިވާ ގޮތައްކުރިއަށް ގެންދިއުމަށްޓަކައި އެން.ޖީ.އޯތަކާ ގުޅިގެން ކުރާ ތައްޔާރީ މަސައްކަތްތައް ކުރިއަށް ގެންދިއުން.  

- ފީލްޑް މަސައްކަތް ޕްލޭންކުރުމާއި މޮނިޓަރކުރުން.

- ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްތަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި އަދި ލިޔެކިއުންތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.

- ފީލްޑް ޓީމުތައް އެކުލަވާލުމާއި އަދި ޓީމުތަކުން ކުރާ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ  ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރިފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އޮގަސްޓު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ.

02 އޮގަސްޓް 2016
ހޯދާ