ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
ވޮޗަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ރޭންކް: އެސް. އެސް. 1 |
މުސާރަ: |
މަހަކު -/3100 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||
ޑިވިޜަން/ ސެކްޝަން: |
އެޑްމިނިސްޓްރޭޓިވް ޑިވިޜަން |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފ. ފީއަލީ ޞިއްޙީ މަރުކަޒު، ފ. ފީއަލީ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. މަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން. 2. މަރުކަޒުގައި އެޑްމިޓްކުރެވިފައިވާ މީހުންގެ ކައިރިއަށް، ކަނޑައެޅިފައިވާ ގަޑި ފިޔަވައި އެހެނިހެން ގަޑިގަޑީގައި ޒިޔާރަތްކުރުން ކޮންޓްރޯލްކޮށް، ބަލިމީހާއަށާއި ޑިއުޓީބަލަހައްޓާ މީހުންނަށް ދަތިނުވާނޭގޮތުގެމަތިން ތަނުގެ މާޙައުލު ތަނަވަސްކުރުމުގައި އެހީތެރިވުން. 3. ނަހަމަގޮތުގައި ތަނުން އެއްޗެހި ބޭރުވެނުދިނުމާއި، ތަނަށް ތަކެތި އެތެރެވިޔަނުދިނުން. 4. އިމާރާތާއި ގޯއްޗަށް މީހަކު ފަހަރެއްގައިވެސް ދީފާނެ ގެއްލުމަކުން ރައްކާތެރިވުމަށް މަގުފަހިކުރުން. 5. އެޑްމިޓްކުރެވިފައިވާ ބަލިމީހުން ގަވާއިދާ ޚިލާފަށް ބޭރަށްދިއުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުން. |
||
ތަޢުލީމާއި ތަޖުރިބާ: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި: |
2016 އޮގަސްޓު 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން، 'ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު، ފ. ފީއަލީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
19 އޮގަސްޓު 2016 އިން ފެށިގެން 5 ދުވަހުގެ މުއްދަތަށް، ފ. ފީއަލީ ޞިއްޙީ މަރުކަޒުގައެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މަރުކަޒުގެ 7985001 ނަންބަރު ފޯނަށް، ނުވަތަ 7905168 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
04 އޯގަސްޓް 2016