މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'މާލޭ އިންޑަސްޓްރިއަލް ވިލެޖް' ގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ވަށައިފާރު ރޭނުމާބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ތެރެއިން މާލެ ސިޓީގެ ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް 'މާލޭ އިންޑަސްޓްރިއަލް ވިލެޖް' އިން ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގެ ވަށައިފާރު ރޭނުމާއި ދަގަނޑު ގޭޓު ލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު  'މާލޭ އިންޑަސްޓްރިއަލް ވިލެޖް' ގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ވަށައިފާރު ރޭނުމާބެހޭ އިޢުލާނުގެ ނަންބަރު: (IUL)438-PPS/1/2016/131، ސިޓީއުރައިގެ ބޭރުގައި ޖެއްސެވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

ހުށަހަޅަންވީ ތަކެތި

މި މަސައްކަތާ ގުޅިގެން ހުށަހަޅާ ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި މި މަޝްރޫޢުގެ ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސް ލިއުމެއް މަދުވެއްޖެނަމަ އެ ޕްރޮޕޯސަލެއް ބާޠިލުކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދޭނީ 01 އޮގަސްޓު 2016 އިން 11 އޮގަސްޓު 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުންނެވެ. މި މުއްދަތުގެ ފަހުން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ބަންދުވާނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން ވަޑައިގެންތިއްބެވި ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް ބީލަން ފުރިހަމަކޮށް، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
01 އޮގަސްޓް 2016
ހޯދާ