ދިވެހިރާއްޖެ
އިޢުލާން
މިމަދަރުސާގެ ދަރިވަރުންނަށް ކިޔަވައިދިނުމާ ގުޅޭ އިތުރު ޙަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި މަދަރުސާއަށް އިތުރުކުރެވިފައިވާ ބިމުގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައި ސިމެންތިޖަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 9 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން 13:00 އަށް މި ސްކޫލުން ލިބެން ހުންނާނެއެވެ.
އަންދާސީހިސާބަށް މާކްސް ދެވޭނެ މިންގަނޑުތައް:
ދާއިރާ |
މާކްސް ދެވޭނެގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
80% |
ޚިދުމަތުގެ އަގަށް ދެވޭ މާކްސް: މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
(Benchmark Price/Submitted Price)x Allocate Percentage |
މުއްދަތު |
10% |
މުއްދަތަށް ދެވޭ މާކްސް: މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
(Benchmark days/Submitted number of day)x Allocate percentage |
ތަޖުރިބާ |
10% |
ތަޖުރިބާއަށް ދެވޭ މާކްސް: މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަޖުރިބާ ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ. |
(Benchmark Term/Submitted Term)x Allocate percentage |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޝައްވާލް 1437