ދިވެހިރާއްޖެ
އިޢުލާން
ސަރުކާރު އޮފީސް/ ކުންފުނިތަކުގެ 2 ވަަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2016
ސަރުކާރު އޮފީސް/ ކުންފުނިތަކުގެ 2 ވަަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2016 ، 2016 ސެޕްޓެންބަރު 22 އިން 2016 އޮކްޓޫބަރު 2 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން ޓީމުއިވެންޓް އަދި ފިރިހެން ޓީމުއިވެންޓް ވަކިންނެވެ. މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މުބާރާތާބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވައި، އެފަރާތެއްގެ ނަން، މަޤާމު އަދި ގުޅޭނެ ނަންބަރު އެނގޭނެގޮތަށް 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ބެޑްމިނަޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ.
މި މުބާރާތުގެ ގަވާއިދު އަދި މުބާރާތާބެހޭ އެހެނިހެން މަޢުލޫމާތު މި އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އަދި ފޭސްބުކް ޕޭޖް Badminton Association of Maldives އިން ލިބޭނޭ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަންބަރު (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ.