ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ރަޖިސްޓްރަރ
މަޤާމުގެ ރޭންކް: LS5
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ރަޖިސްޓްރަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު، ހުޅުމާލެ ޑިވިޜަން / ހުޅުމާލެ،
މުސާރަ: މަހަކު -/13،065 ރުފިޔާ (ތޭރަހާސް ފަސްދޮޅަސްފަސް ރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)
ލިވިންގ އެލަވަންސް: މަހަކު -/2،700 ރުފިޔާ (ދެހާސް ހަތްސަކޭތަ ރުފިޔާ)
ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: ޖުޑީޝަލް އެލަވަންސަށް، މަހަކު، މުސާރައިގެ %55 ލިބޭނެއެވެ. އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ލީގަލް އޮފިސަރ އެލް.އެސް-4 ގެ މަޤާމުގައި ނުވަތަ އެފެންވަރު މަޤާމެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރ އެލް. އެސް. 4 ގެ މަޤާމުގައި ނުވަތަ އެފެންވަރު މަޤާމެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ޑިވިޜަނަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.
- ޑިވިޜަނަށް ހުށަހެޅޭ މައްސަލަތަކާއި ލިޔުންތައް ހުށަހަޅާފައިވަނީ ކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން.
- ޑިވިޜަނަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- ޑިވިޜަނާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީގެ ބައްދަލުވުންތަކާއި، ޑިވިޜަނުގެ ޤާޟީންގެ ބައްދަލުވުންތައް ރާވައި ހިންގައި ބެލެހެއްޓުން.
- މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ޚިދުމަތްދިނުމުގެ ރޫޙް އުފައްދައި، ހީވަގި މުރާލި ބައެއްގެގޮތުގައި ޑިވިޜަނުގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މާޙައުލެއް، ޑިވިޜަނާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީއާއި ޑިވިޜަނުގެ ޤާޟީން ކަނޑައަޅުއްވާ އުސޫލަކުން އުފައްދައިދިނުން.
- ޑިވިޜަނުން އިދާރީގޮތުން ނިންމާ ނިމުންތަކަކީ ދެފުށްފެންނަ ޒިންމާދާރު ނިންމުންތަކެއްގެގޮތުގައި ހަދައި، ޑިވިޜަނާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީއާއި ޑިވިޜަނުގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން އެކަންކަން ހާމަކޮށްދިނުން.
- ޑިވިޜަނުގެ އިދާރީ އެންމެހައި ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އެކި ތަންތަނަށް ކޯޓުން ފޮނުވަންޖެހޭ ލިޔެކިޔުމާއި ކޯޓުގެ އަމުރުތައް ޑިވިޜަންއާއި ހަވާލުވެވަޑައިގެން ހުންނެވި ޤާޟީ އަދި ޑިވިޜަނުގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން ރައްދުކުރުން.
- ޑިވިޜަނުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދެނެގަނެ، މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- ޑިވިޜަނުގެ ސްޓްރެޖީޓިކް ޕްލޭން އެކުލަވައިލުމުގެ އިންތިޒާމްތައް، ޑިވިޜަނާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީއާއި ޑިވިޜަނުގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން ހަމަޖެއްސުމާއި، އެފަދަ ޕްލޭންތައް ތަންފީޒުކުރުން.
- ޑިވިޜަނުގެ މަސައްކަތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން، ވީ އެންމެ ބޮޑަކަށް ހިފޭނެ މަގު ފަހިކޮށްދީ، އެފަދަ ވަސީލަތްތައް ފޯރުކޮށްދިނުމާއެކު، މުވައްޒަފުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ދެނެގަނެ، ޑިވިޜަނާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީއާއި ޑިވިޜަނުގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން އެކަންކަން ކުރުން.
ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:
ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްއަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ
މަޤާމުގެ ރޭންކް: LS2
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު- ހުޅުމާލެ ޑިވިޜަން / ހުޅުމާލެ،
މުސާރަ: މަހަކު -/9412 ރުފިޔާ (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ)
ލިވިންގ އެލަވަންސް: މަހަކު -/2700 (ދެހާސް ހަތް ސަތޭކަ ރުފިޔާ)
ޖުޑީޝަލް އެލަވަންސްއާއި އިތުރަޑީގެ ފައިސާ: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި، މަހަކު، މުސާރައިގެ %55 ލިބޭނެއެވެ. އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް.
ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން: ވަޒީފާއަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު، މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ
މަޤާމުގެ ރޭންކް: LS2
ބޭނުންވާ އަދަދު: 3 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު، މާލެ
މުސާރަ: މަހަކު -/9412 ރުފިޔާ (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ)
ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ (ދެހާސް ހަތް ސަތޭކަ ރުފިޔާ)
ޖުޑީޝަލް އެލަވަންސްއާއި އިތުރަޑީގެ ފައިސާ: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި، މަހަކު، މުސާރައިގެ %55 ލިބޭނެއެވެ. އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް.
ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން: ވަޒީފާއަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު، މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
މަޤާމް: ޑްރައިވަރ
މަޤާމުގެ ރޭންކް: SS2
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލްކޯޓު / މާލެ
މުސާރަ: މަހަކު -/3470 ރުފިޔާ (ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ ރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/1000 (އެއްހާސް ރުފިޔާ)
ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ (ދެހާސް ހަތް ސަތޭކަ ރުފިޔާ)
ޖުޑީޝަލް އެލަވަންސާއި، އިތުރަޑީގެ ފައިސާ: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި، މަހަކު، މުސާރައިގެ %40 ލިބޭނެއެވެ. އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން: ވަޒީފާއަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު، މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް: ކޯޓުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން މާލޭގެ އެކި ތަންތަނަށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ވެހިކަލްގައި ކުރުން.
ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި
1. ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ކޯޓުގެ www.civilcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއްނަމަ، ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)
4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
5. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހެއްނަމަ، ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ.
6. ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، މަޤާމުގެ ރޭންކާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
7. ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއު:
1. މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
2. އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
28 ޝައްވާލް 1437