ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކާ ގުޅިގެން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި، މި ޑިޕާޓްމަންޓުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު (IUL)120/1/2016/37 އިއުލާންގެ މަޢުލޫމާތުދޭން އޮތް ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 12:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

28 ޝައްވާލް 1437

 

 

02 އޮގަސްޓް 2016
ހޯދާ