ދިވެހިރާއްޖެ
އިޢުލާން
ޕިކަޕެއް ގަންނަން ބޭނުންވެއްޖެ:
މި އިދާރާއަށް ބުރޭންޑް ނިއު ނުވަތަ ރިފަރބިޝްޑް 800-1000 ކިލޯ ދެމެދު ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. މި ޕިކަޕަށް އަންދާސީހިސާބު ހުށަހަޅުއްވާނީ ބުރޭންޑް ނިއު އަދި ރިފަރބިޝްޑް ތަކެތީގެ އަގު އަދި ސްޕެސިފިކޭޝަން ވަކިން އެނގޭގޮތަށެވެ.
އަންދާސީހިސާބު އިވެލުއޭޓްކުރެވޭ ގޮތުގެ ތަފުސީލު
އަގަށް: 70 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކުސް ލިބޭ އުސޫލުން)
މުއްދަތަށް: 15 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކުސް)
ތަޖުރިބާ: 05 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބެލެވޭނެއެވެ.)
ވޮރެންޓީ: 10 ޕޮއިންޓް (އެންމެ ދިގު މުއްދަތަށް ވޮރެންޓީ ހުށަހަޅާ ފަރާތަށް ގިނަ މާކުސް ލިބޭ ގޮތަށް)
ހުށަހަޅަންވީ ތަކެތި:
- ޕިކަޕް ވިއްކޭނެ އަގު (ކުރެންދުއަށް ގެނައުމާއެކު)
- ސަޕްލައިކޮށްދޭނޭ މުއްދަތު
- ޓެކްނިކަލް ސުޕެސިފިކޭޝަން
- ވޮރެންޓީ އޮތްކަމުގެ ލިޔުން
- ކުންފުނީގެ މަޢުލޫމާތު (ޕުރޮފައިލް، ރަޖިސްޓަރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ) އެހެން ފަރާތްތަކަށް ޕިކަޕެއް ވިއްކާފައިވާނަމަ، ވިއްކިކަމުގެ ލިޔުން، ޖީ.އެސް.ޓީ ގެ ކޮޕީ އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުން. ނުވަތަ އަމިއްލަ ޕިކަޕެއް އޮތްކަން އެނގޭނޭ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މި އިދާރާއަށް ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާގެ ޖަލްސާކުރާ ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަނުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، 7509075 އަދި 7998045 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މި އިދާރާއަށް ޕިކަޕެއް ހޯދުމަށް 26 ޖޫން 2016 ގައި ކޮށްފައިވާ ނަންބަރު: (IUL)328-ED/328/2016/39 (26-06-2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 ޝައްވާލް 1437