ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި އިދާރާގެ ނަންބަރު: B-381/I-2016/36 އިއުލާނާ ގުޅިގެން ކުޑަހުވަދޫ ރަތްވިލާމަގާއި އުސްގަނޑުމަގުގައި ޖެހުމަށް ހަމަޖެހިފައިވާ ބައްތިދަނޑިތަކަށް ކަރަންޓްލުމަށް ބޭނުންވާ ކޭބަލް ގަތުމަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 13:00 އަށް މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮގަސްޓު 15 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރރޫމުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
60% |
މުއްދަތު |
20% |
މާލީގޮތުން އެކަން ކުރެވޭފަދަ ފެންވަރު ހުރުން |
10% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.