ދިވެހިރާއްޖެ
އިޢުލާން
ޕަންޕެއް ގަތުމާބެހޭ:
މި އިދާރާގެ ބޭނުމަށް SEWAGE PUMP 3.7KW 3ph DT37K-2 ގެ ޕަންޕެއް އޮޓޮމެޓިކް ލެވެލް ސްވިޗާއެކު ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރާ މަޢުލޫމާތާ އެއްގޮތަށް 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- އަންދާސީހިސާބުން އެނގެން ބޭނުންވާނެ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ތަކެތި:
1- މަސައްކަތް ކޮށްދެވޭނެ އެންމެ ކުޑަ އަގު:
2- ތަކެތި ޑެލިވަރކޮށްދެވޭނެ އަގު
3- ޕަންޕާއި އޮޓޮމެޓިކް ލެވެލް ސްވިޗުގެ ސްޕެސިފިކޭޝަނާއި ޑައިގްރާމް.
4- ވޮރަންޓީގެ މުއްދަތު:
5- މިފަދަ މަސައްކަތްތަކުގެ މީގެ ކުރީގެ ތަޖުރިބާގެ ލިޔުންތައް.
6- އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ:
7- ކުންފުންޏަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ:
8- ޖީ.އެސް.ޓީއަށް އަގު ނެގޭނަމަ، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރެވިފައިވާ ލިޔުން.
ދާއިރާ |
މާކުސް ދެވޭނެ އަގު |
ތަފުސީލު |
ފޯމިއުލަރ |
އަގު |
% 60 |
ޚިދުމަތުގެ އަގަށް ދެވޭ މާކުސް: މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެންމެމަތީ މާކުސް ލިބޭނީ އެންމެކުޑަ އަގަށެވެ. |
(Benchmark Price/ Submitted Price) x Allocate percentage
|
ޑެލިވަރީ މުއްދަތު |
% 20 |
ޑެލިވަރީ މުއްދަތަށް ދެވޭ މާކުސް: މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
(Benchmark days/ Submitted number of days) x Allocate percentage
|
ތަޖުރިބާ |
% 5 |
ތަޖުރިބާއަށް ދެވޭ މާކުސް: މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ވޮރަންޓީގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗުމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިޔާ އަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ދިގު މުއްދަތަކަށެވެ. |
(Benchmark Term/ Submitted Term) x Allocate percentage
|
ވޮރަންޓީ |
% 15 |
ވޮރަންޓީއަށް ދެވޭ މާކުސް: މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ވޮރަންޓީގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗުމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިޔާ އަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަމާކުސް ލިބޭނީ އެންމެ ދިގު މުއްދަތަކަށެވެ. |
(Benchmark Term/ Submitted Term) x Allocate percentage
|
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6642024 ފޯނަށް ގުޅުއްވުން އެދެމެވެ.
20 ޝައްވާލް 1437