ދިވެހިރާއްޖެ
އިޢުލާން
ފެންފުށީ ސްކޫލުގެ ޕްރިންސިޕަލްރޫމް މަރާމާތުކުރުން.
މި ސްކޫލުގައި މަތީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 6 އެޕްރީލް 2016 ގައި ކުރި ނަންބަރު GS157/2016/IU24 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތެއްކަމުން އެ އިޢުލާން ބާޠިލުކޮށް، 25 އެޕްރީލް 2016 ގައި ކުރި ނަންބަރު GS157/2016/IU27 އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވާ އެއްވެސް ފަރާތެއް ވިޔަފާރި ރަޖިސްޓަރީކޮށްފައިނެތުމުން އެ ފަރާތްތަކުގެ ބިޑްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާޠިލުކުރުމާ ގުޅިގެން 25 ޖުލައި 2016 ގައި ކުރި ނަންބަރު GS157/2016/IU32 އިޢުލާނުގައި ކުރަންޖެހޭ މަސައްކަތުގެ ނަން ލިޔެފައި ނެތުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 10:00 |
2016 އޮގަސްޓު 10 ވާ ބުދަ ދުވަހުގެ 10:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 6680817 ނަންބަރު ފޯނާއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޝައްވާލް 1437