ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
މި ސްކޫލުގެ ކަރަންޓު ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާއި، ސްކޫލުގެ މައި ކޭބަލްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS112/IUL/2016/04 (26 ޖޫން 2016) އިޢުލާނަށް ބިޑް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން ހުށަހަޅާފައިނުވާތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު (MSG)22-G/GS-2/2016/1103 (18 ޖުލައި 2016) މެސެޖުން މި އިޢުލާން ބާޠިލުކުރެއްވުމާ ގުޅިގެން، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
މި މަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
| މުޢާމަލާތް | ތަން | ތާރީޚު | ގަޑި | 
| މަޢުލޫމާތުދިނުން | ޅޮހީ ސްކޫލް | 09 އޮގަސްޓު 2016 (އަންގާރަ) | މެންދުރުފަހުގެ 2:00 | 
| އަންދާސީހިސާބު ހުށަހެޅުން | ޅޮހީ ސްކޫލް | 16 އޮގަސްޓު 2016 (އަންގާރަ) | މެންދުރުފަހުގެ 2:00 | 
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
 
                    