މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ހެދުމާބެހޭ

އިޢުލާން

ށ. ކަނޑިތީމު ލޭންޑް ޔޫސް ޕްލޭން ހެދުމާބެހޭ 

ށ. ކަނޑިތީމުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސާ އެއްގޮތްވާގޮތުގެ މަތިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)271-ESMS/271/2016/2 (21 ޖަނަވަރީ 2016) އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

 

ގަޑި

ތާރީޚު

ޓަރމްސް އޮފް ރިފަރެންސް ދޫކުރުން (ށ. ކަނޑިތީމު ކައުންސިލްގެ އިދާރާ ކައުންޓަރުން އަދި އީމެއިލުން)

 ހެނދުނު 9:00 އިން މެންދުރު 12:00 އަށް.

25 ޖުލައި 2016 އިން 15 އޮގަސްޓު 2016 އަށް.

އަންދާސީހިސާބު ހުށަހެޅުން (ށ. ކަނޑިތީމު ކައުންސިލްގެ އިދާރާ)

ހެނދުނު 11:00

21 އޮގަސްޓު 2016

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6540041 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް އެޑްރެހަށް: [email protected] [email protected] އީމެއިލްކުރެއްވުމުންވެސް ލިބިލައްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސަބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ