ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

މި ކޯޓުގެ ވޮޗަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 9 ފެބުރުވަރީ 2016 ގައި ކުރި R1C/2016/10 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް މީހަކު ހަމަނުޖެހި ގިނަ ދުވަސްވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ވޮޗަރ

މަޤާމުގެ ރޭންކް: SS1

އާންމުކޮށް ވަޒީފާ އަދާކުރަންޖެހޭ ކޯޓު:

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

މަހަކު -/3،100 ރުފިޔާ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ % 35 (ތިރީސްފަސް އިންސައްތަ)

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި، އެ މަސައްކަތްތައް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކޯޓުގެ އިމާރާތާއި ގޯތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

- ބަގީޗާއަށް ފެންދީ ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ ވީ)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށްފައި)

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިއުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

ސުންގަޑި:

ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހެޅުމުގެ  ސުންގަޑިއަކީ،  2016  އޮގަސްޓު  10 ވަނަ ދުވަހުގެ 14:30 އެވެ. ތަކެތި ހުށަހަޅާނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ